ކ. ފިހާޅޮހި އައިލެންޑް ރިސޯޓު ކައިރިއަށް އަޑިއަށް ދިޔަ "ރޯދި" ދޯނީގައި ތިބި ފަސް މީހުން އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.
އދ. ރަންވެލި ރިސޯޓަށް ދަތުރު ކުރި އެ ސަޕްލައި ދޯނި އަޑިއަށް ދާކަމުގެ ރިޕޯޓު ކުރުމުން އެމްއެންޑީއެފް ކޯސްޓް ގާޑުން އެ ސަރަހައްދަށް ގޮސް ހޯދުމުން ފެނުނީ ދޯނީގެ ގެގަނޑު އެކަންޏެވެ. ކޯސްޓްގާޑުން ބުނީ ބެލެވޭ ގޮތުގައި ދޯނި ވަނީ އަޑިއަށް ގޮސްފައ އެވެ.
އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެ ފަސް މީހުން ފެނިފައިވަނީ ފިހާޅޮހި އައިލެންޑް ރިސޯޓާއި ހަތަރު ނޯޓިކަލް މޭލު ބޭރުން ކަނޑުމަތިން ކަމަށެވެ. އެމީހުން ތިބީ ލައިފް ޖެކެޓު އަޅައިގެން ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްއިން ބުނީ އެ ފަސް މީހުން ބޭނުންވީ ރަންވެލި ރިސޯޓަށް ދާން ކަމަށާއި އެހެންވެ މާލެ ނުގެނެސް ރިސޯޓަށް ފޮނުވާލާފައިވާ ކަމަށެވެ.
އަޑިއަށް ދިޔައީ އދ. ދަނގެތީ މީހަކު ދުއްވާ ދޯންޏެކެވެ. މި ދޯނި ދުއްވަނީ ރަންވެލި ރިސޯޓުގެ ސަޕްލައި ދޯންޏެއްގެ ގޮތުގަ އެވެ. އެމީހުން ކަނޑުމަތިން ނެގީ އެ ރަށުން އައި ލޯންޗަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް