އަގު ބޮޑުކޮށް މުދާ ވިއްކަން ޖެހޭ ސަބަބެއް ނެތް: ހަލީމް

މާލޭ ބާޒާރުގައި ވިއްކާ މުދާ އަގު ބޮޑު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ. މާލޭ ބާޒާރުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވަނީ މޫސުން ގޯސްވެ ރާއްޖެއަށް މުދާ ...

01 Jun 2017 | 12:18

މާލޭ ބާޒާރުގައި ވިއްކާ މުދާ އަގު ބޮޑު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

މާލޭ ބާޒާރުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވަނީ މޫސުން ގޯސްވެ ރާއްޖެއަށް މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަދި ބޯޓުން މުދާ ބޭލުމުގައިވެސް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އެކަމަށް ޖަވާބުދީ މިއަދު އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ރޯދަ މަސް ފެށުން ފަހުން މިހާތަނަށް ރާއްޖެ އެތެރެ ކުރި ހުރިހާ މުދަލެއް ކްލިއާ ކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް މިއަދު މީޑިއާގައި ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ކޮންމެ ބޯޓެއް މިހާރު އެއް ދުވަސްތެރޭގައި ހުސްކޮށްލެވޭ ކަމަށެވެ. އެ ބޯޓުތަކުން މުދާ ބޭލުމަށް ހާއްސަ، އަވަސް ގޮތްތަކެއް ރާވައި، ބޯޓުން މުދާ ބޭލުމަށް 24 ގަޑި އިރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

ހަލީމް އިތުރަށް ވިދާޅުވީ އަވަހަށް ހަލާކުވާ ޒާތުގެ ތަކުރާރީ އާއި މޭވާގެ އިތުރުން ކާބޯތަކެތީގެ ބާވަތްތައް އެހެން އެއްޗިއްސަށްވުރެ އަވަހަށް ކްލިއާ ކޮށް ނިންމަމުން ދާ ކަމަށެވެ.

ބާޒާރުގައި އަގު އުފުލިފައިވަނީވެސް  މިތަކެއްޗެވެ. ރީޓެއިލް ކުރާ ވިޔަފާރިވެރިން ބުނަނީ ތަކެތި އަގުބޮޑުވަނީ ރާއްޖެއަށް އެތަކެތި އެތެރެ ކުރާ ކުންފުނިތަކާއި ފިހާރަތަކުން އަގު ބޮޑުކޮށް ވިއްކާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް