ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުގައި ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފި

މޫސުން ގޯސްވެ އުތުރާއި މެދު ރާއްޖެ ތެރެއަށް ޔެލޯ އެލަޓު ނެރެ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި ވަނިކޮށް ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފް އިންފޮމޭޝަން އޮފި...

01 Jun 2017 | 08:35

މޫސުން ގޯސްވެ އުތުރާއި މެދު ރާއްޖެ ތެރެއަށް ޔެލޯ އެލަޓު ނެރެ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި ވަނިކޮށް ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ މާލެއިން ފުރައިގެން ވ. ކެޔޮދޫއަށް ދިޔަ "އަކިރިސް" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވާތީ ރިޕޯޓު ކުރި ކަމަށެވެ. އަދި މާލެއިން ފުރައިގެން އއ. ރަންވެލި ރިސޯޓަށް ދަތުރު ކުރި "ރޯދި" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މީގެ ތެރެއިން ސަޕްލައި ދޯނި އަޑިއަށް ގޮސްފައިވަނީ ފިހާޅޮހި އައިލެންޑް ރިސޯޓު ކައިރިއަށެވެ. އެ ދޯނީގައި ތިން މީހުން ތިބި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށްވެ އެވެ. އަކިރިސް ބޯޓު ދިޔަވާން ފަށާފައިވަނީ ކ. ގުރައިދޫ ކައިރިން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ އެ ބޯޓުގައި ހަތަރު މީހުން ތިއްބެވެ.

އާޒިމް ވިދާޅުވީ ކޯސްޓްގާޑުން ގޮސް އަކިރިސް ބޯޓުގެ ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުން އެމީހުން ފުރައިގެން ކެޔޮދޫއަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި ރޯދި ދޯނީގެ ކައިރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި ފިހާޅޮހި ރިސޯޓު ކައިރީގައި މޫސުން ގޯސްވުމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް