ޗައިނާއިން އެ ޤައުމުގެ މުސްލިމް ޕްރޮވިންސެއް ކަމަށްވާ ޒިންޖިއަންގް ގެ މުސްލިމުން ރޯދަ ހިފުމަށް ހުރަސް އަޅައިފި އެވެ.
އެ ސަރަހައްދުގައި ހުންނަ ހުރިހާ ރެސްޓޯރެންޓްތައް ހުޅުވާލުމަށް އެ ޤައުމުން އަމުރުކޮށްފައިވާ ކަމަށާއި އަދި އެ ނޫނަސް އެ ސަރަހައްދުގެ މީހުން ރޯދަ ހިފުމަށް ހުރަސް އަޅަން އެކި ކަންތައް ކުރަމުން ދާކަމަށް ވޯލްޑް ޔޫގްރް ކޮންގްރެސް އިން ހާމަކޮށްފި އެވެ.
އެ ޤައުމުން މުސްލިމުން ރޯދަ ހިފުމަށް ހުރަސް އެޅުމުގެ ގޮތުން ވަނީ 24 ގަޑިއިރުގެ މެރެތޯން އެއްވެސް ބާއްވަން ހަމަޖައްސާފަ އެވެ. ރޯދައަށްތިބެ އެހާ ގިނަ ގަޑިއިރަށް ދުވުމަކީ ކުރެވޭނެ ކަމެއްނޫނެވެ.
އަދި މީގެ އިތުރުން ހުކުރުދުވަހު ހުރިހާ ސްކޫލް ކުދިން އެއްވެ ކިޔެވުމާއި ފިލްމްތައް ބެލުމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފަ އެވެ.
މި ހުރިހާ ކަންތައްތަކަކީ މުސްލިމުން ރޯދަ ހިފުމަށް ހުރަސް އެޅުމަށް އެ ޤައުމުން ކުރާކަންތަކަށް ވިޔަސް އެ ޤައުމުން ވަނީ މިކަން ދޮގުކޮށްފަ އެވެ. އެކަމަކު މިއީ އެގައުމުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް އަމަލު ކުރާ ގޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް