މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ އުތުރާ މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 9:50 ން މެންދުރު 2:00 އާއި ދެމެދު އެ ސަރަހައްދުތަކަށް 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެކަމަކު މާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި އާންމުކޮށް ވައި ޖެހޭނީ 23 މޭލާއި 29 މޭލުގެ ބާރު މިނުގައި ކަމަށެވެ.
ޔެލޯ އެލަޓު ނެރެނީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެންގުމުގެ ގޮތުންނެވެ.
އިއްޔެ އާއި މިއަދު ހެނދުނު މެޓް އޮފީހުން ލަފާކޮށްފައި އޮތީ އެ ސަރަހައްދުތަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. ރޭ ވަނީ ވަނީ ވިލާގަނޑުގައި ވައިގަދަވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ. އެގޮތުން ހއ. އުލިގަމާއި، ގދ. ތިނަދޫގެ އިތުރުން ގައްދޫ އާއި މަޑަވެލީގެ ގޭގޭ ފުރާޅު އެއްލާލާ ބޮޑެތި ގަސްތައް ވެއްޓުމުގެ އިތުރުން މަގުތަކުގައި ފެން ބޮޑު ވެފައިވެ އެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައިވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް