ސަނީ ލިއޯން ދަތުރު ކުރި ޖެޓު ވެއްޓެއް އުޅެފަ ސަލާމަތްވެއްޖެ

ބޮލީވުޑްގެ ތަރި ސަނީ ލިއޯން ދަތުރު ކުރި ޖެޓެއް މޫސުން ގޯސްވެގެން ވެއްޓެއް އުޅެފައި ސަލާމަތްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ. ސަނީ ލިއޯން ދަތުރު ކުރީ ޕްރައިވެޓު ޖެޓު ވަނީ މޫސުން ގޯސްވެގެން މުމްބާއީއަށް ނ...

01 Jun 2017 | 06:51

ބޮލީވުޑްގެ ތަރި ސަނީ ލިއޯން ދަތުރު ކުރި ޖެޓެއް މޫސުން ގޯސްވެގެން ވެއްޓެއް އުޅެފައި ސަލާމަތްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.

ސަނީ ލިއޯން ދަތުރު ކުރީ ޕްރައިވެޓު ޖެޓު ވަނީ މޫސުން ގޯސްވެގެން މުމްބާއީއަށް ނުދެވިގެން މަހާރާޝްތްރާގެ އައުރަންގަބާދު އެއާޕޯޓަށް ޖައްސާފައި އެވެ. ސަނީ ލިއޯން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޯޓު ނުވެއްޓި ސަލާމަތްވީ  ޕައިލެތްގެ ހުށިޔާރު ކަމުން ކަމަށެވެ.

ސަނީ ލިއޯން ދަތުރު ކުރަމުން ދިޔައީ ފިރިމީހާ އާއި އެކު އެވެ. ޖެޓް އިތުރަށް ދަތުރު ނުކުރަން ނިންމުމުށް ސަނީ ލިއޯންގެ ދެމަފިރިން މުމްބާއީއަށް ދާންޖެހުނީ އެއްގަމު މަގުން ކާރުގައި އެވެ.

އެ ދަތުރުގެ މައުލޫމާތު އެނގޭ ފަރާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެ ޖެޓް ދުއްވި ޕައިލެޓް ދަތުރަށް ފެށީ މޫސުން ގޯސް ކަމުން  އިތުރު ތެޔޮ ހިފައިގެންނެންވެ. އަދި މޫސުން ގޯސްވުމުން އިތުރަށް މުމްބާއީއަށް ނުދެވޭނެ ކަމަށް ބުނެ އޭނާ އަނބުރާލުމަށް ފަހު އެންމެ ކައިރީގައި އޮތް އެއާޕޯޓަކަށް ޖެއްސީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް