ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖެއިން އެހީ ދީފި

އަވަށްޓެރި ސްރީލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ ފެން ބޮޑުވެ ބިންގ...

01 Jun 2017 | 04:17

އަވަށްޓެރި ސްރީލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. މިހާދިސާގައި އެ ގައުމުގެ 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ‏މިލިއަން މީހުންނެއް ވަނީ ހާލުގައި ޖެހިފަ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ފަރާތުން ލަންކާއަށް ދޭ ފައިސާގެ އެހީ ހަވާލު ކުރެއްވީ މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ކަމަށެވެ. އެ ގައުމުގެ ފަރާތުން އެހީއާއި ހަވާލުވީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަނަޔަކަ އެވެ.

އެކަމަކު އެހީގެ އގޮތުގައި ދިނީ ކިހާ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. އާސިމްގެ އިތުރުން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް