މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް 45 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ހއ. އާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކ...

01 Jun 2017 | 03:58

ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ހއ. އާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެ އެވެ. އެ ސަރަހައްދުތަކަށް ވަނީ މެނދުރު ފަހު 4:00 ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފައި އެވެ.

ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. ދެކުނު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

އިއްޔެ ހެނދުނުން ފެށިގެން މެޓް އޮފީހުން ވަނީ ކޮޅިގަނޑުގަ ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި އެވެ. ރޭ ގދ. ތިނަދޫއަށް ކުރި ވިއްސާރައިގަ ވައިގަދަވެ ގޭގޭ ފުރާޅު އެއްލާލާ، ގަސްތަކެއް ވަނީ ވެއްޓިފައި އެވެ. އަދި ހއ. އުލިގަމުގައި ފެން ބޮޑުވެ ގަސްތަކެއް ވެއްޓުމުގެ ހާދިސާއެއް އިއްޔެ ވަނީ ހިނގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް