މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ވައިގަދަވެ ގދ. ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ ރޭ އައި ކޮޅިގަނޑުގައި ތިނަދޫގެ ނުވަ ގެއެއްގެ ފުރާޅު އެއްލާލައިފައި ވާއިރު ތިން ގެއެއްގެ މައްޗަށް ގަސް ވެއްޓި އެގެތަކުގެ ފުރާޅަށް ވަރަށް ބޮޑަށް ގެއްލުން ލިބިފަ ވާކަމަށެވެ.
އަދި އިތުރު ދެ ގެއެއްގައި ހައްދަފައިވާ ބޮޑެތި ގަސްތަށް ވަނީ ވެއްޓިފައެވެ. އެހެންނަމަވެސް މި ދެ ގެއިންކުރެ ގެއަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއަށް ވައިގަދަވެ ގެއްލުންވި ގެއެއްގެ ފާރުގެ ބޮޑުބައެއް ވަނީ ވެއްޓިފައެވެ. އަދި ގިނަ ގުދަންތަކަކަށްވެސް ވަނީ ގެއްލުން ވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދުއަށް މޫސުން ގޯސްވެ ވައިގަދަވާން ފެށީ އިޝާ ނަމާދުގެ ބަންގި ގޮވުމުގެ އިރުކޮޅެއް ކުރިންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ތިނަދޫގެ ނުވަ ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ. އަދި ދެގަހަކާއި ރުކެއް ވެއްޓި މަގު ބްލޮކް ވެގެން މަގުތަކުން ގަސްތައް ނެގުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި މިހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 8:20 ގައި ކަމަށެވެ.
ތިނަދޫގެ އިތުރުން އިތުރުން ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ގދ.ގައްދޫ ގެއެއްގެ ފުރާޅު އެއްލާފައިވާއިރު ގދ. މަޑަވެލީ ގެއެއްގެ ފުރާޅު އެއްލާފަވެ އެވެ.
މިހާތަނަށް މަޢުލުމާތު ލިބިފައިވާ ގޮތުގައި ތިނަދުގެ 15އަށް ވުރެން ގިނަ ގެޔަކަށްވަނީ ގެއްލުންވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް