މި ރަމަޟާން މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދައިގެ ހަބަރުތައް ގެނެސްދެމުން އަންނައިރު މިއޮތީ ފައްކަ ހަބަރެކެވެ. އުފާވެރި ހަބަރެކެވެ. އިންޑޮނޭޝިޔާގެ ހަ ކަނބަލަކު ރޯދަވިއްލާ ގަޑިއަށް ޖޫސްޕެޓީ ބަހާ ވާހަކަ އެވެ.
އެ ހަ ކަނބަލުންގެ ތެރެއިން، އުމުރުން 29 އަހަރުގެ މުނީރާ އިސްމާއިލް ބުނެފައިވަނީ އެމީހުން އެކަން ކުރަނީ ބައެއް ފަރާތްތަކުން އެ ފަރާތްތަކުގެ ދަރީން ރޯދަވީއްލުމަށް ޖޫސްފޮދެއްވެސް ނުދެވިގެން އުޅޭނެކަން އެނގޭތީ ސަދަގާތެއް ކުރުމުގެ ނިޔަތުގައި ކަމަށެވެ.
"ކޮންމެ ދުވަހަކު އަހަރެމެން މި ތަކެތި ތައްޔާރު ކުރަމު، އަދި ބޭނުންވާ ފަރާތްތަކަށް ބަހަމު" މުނީރާ ބުނެ އެވެ.
މުނީރާ ހާމަކުރާގޮތުގައި އެމީހުން ކޮންމެ ދުވަހަކު އޭގެ 200 ޕެކެޓު ތައްޔާރުކޮށް ބަހަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް