ރޯދަ އެކި ކަންކޮޅުތަކުން: ފަލަސްތީނުގައި ރޯދަ ނުހިފާނަމަ އެއް މަސް ދުވަހުގެ ޖަލު ހުކުމެއް

ފަލަސްތީނުގައި ރޯދަ ނުހިފާ އާންމުންގެ ތެރޭގައި ކައިފިނަމަ އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވަން ނިންމައިފި އެވެ. މި ނިންމުމާއި ބެހޭގޮތުން ރާމަﷲ ޖެނެރަލް ޕްރޮސެކިއުޝަން އޮފީހުގެ ވެރިޔާ އާލާ ތާމީމީ ...

01 Jun 2017 | 00:46

ފަލަސްތީނުގައި ރޯދަ ނުހިފާ އާންމުންގެ ތެރޭގައި ކައިފިނަމަ އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވަން ނިންމައިފި އެވެ.

މި ނިންމުމާއި ބެހޭގޮތުން ރާމަﷲ ޖެނެރަލް ޕްރޮސެކިއުޝަން އޮފީހުގެ ވެރިޔާ އާލާ ތާމީމީ ބުނެފައިވަނީ ރޯދަ ދޫކޮށް އާންމުންގެތެރޭގައި ކައި އުޅޭކަމުގެ ޝައްކު ކުރެވޭ ނަމަ ކަމާބެހޭ ފަރާތްތަކުން ސުވާލު ކުރާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގަނިކޮށް ފެނިއްޖެނަމަ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

ފަލަސްތީނުން މި ނިންމުން ނިންމާފައިވާއިރު އިއްޔެ އެކަކު ހައްޔަރުކޮށްފައި ވެ އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވެސްޓް ބޭންކްގެ ތޫބާސް ޑިސްޓްރިކްޓުންނެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ އާންމުތަނެއްގައި ކާން ހުއްޓާ ފެނުމުން ކަމަށެވެ. އަދި އޭނާއާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރޯދަ ނުހިފާނަމަ އެއް މަސް ދުވަހަށް ޖަލަށް ލުމަށް، ފަލަސްތީނުގައި ނިންމާފައިވާއިރު ރޯދައަށް ހުރެ ކެއުމުގެ ކުށް ސާބިތުވުމުން 150 ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެބަހުއްޓެވެ. އަދި ދެ މަސް ދުވަހަށް ޖަލަށް ލާފައިވެސް އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް