ދުވަހުގެ ރެސްޓޯރެންޓް: މިއޮތީ ބްރޭކްވޯޓަރ ރެސްޓޯރެންޓުން ހަތަރު މީހަކަށް ރޯދަވީއްލުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓްގެ ގޮތުގައި މިއަދު ޚާއްސަކޮށްފައިވަނީ ބްރޭކްވޯޓަރ ރެސްޓޯރެންޓެވެ. އާޓިފިޝިއަލް ބީޗްގައި ހުންނަ މި ރެސްޓޯރެންޓްއަކީ އައިލާއާއި ރައްޓެހިންނާއެކު އައިސް ކެއުމަށް އިންސާފްކޮށްލަން އެނ...

01 Jun 2017 | 00:06

ދުވަހުގެ ރެސްޓޯރެންޓްގެ ގޮތުގައި މިއަދު ޚާއްސަކޮށްފައިވަނީ ބްރޭކްވޯޓަރ ރެސްޓޯރެންޓެވެ.

އާޓިފިޝިއަލް ބީޗްގައި ހުންނަ މި ރެސްޓޯރެންޓްއަކީ އައިލާއާއި ރައްޓެހިންނާއެކު އައިސް ކެއުމަށް އިންސާފްކޮށްލަން އެންމެ ރަނގަޅު އެއް ރެސްޓޯރެންޓްވެ.

މިއަހަރުގެ ރަމާޟާން މަހަށް ޚާއްސަކޮށްގެން ބްރޭކް ވޯޓަރ ރެސްޓޯރެންޓްއިން ވަނީ ވަރަށްވެސް ފުރިހަމަ ރޯދަ މެނޫއެއް ތައްޔާރުކޮށްފައެވެ. މި މެނޫ ގައި ގިނަ އައިޓަމްތައް ހިމަނާފައި ވާއިރު އެންމެ ޚާއްސަކޮށްލެވޭ ކަމަކީ ހަފްތާގެ ކޮންމެ ދުވަހަކަށްވެސް އޮތީ މުޅިން އާ މެނޫ އެއް ކަމެވެ. މެނޫގައި ހިމަނާފައިވާ އައިޓަމްސްތަކަށް ބަލާއިރު ހޯލް ގްރިލްޑް ފިޝް ވިތު ލެމަން ބަޓަރ ސޯސް، ގްރިލްޑް ޗިކަން ފްރައިޑް ނޫޑްލްސް، ގްރިލްޑް ޓޫނާ ވިތް ރަޓަޓޫއީ، ޗިކަން ލޮލީޕޮޕް، ކްރިސްޕީ ޗިކަން ފްރައިޑް ރައިސް، މޮންގޯލިއަން ޗިކަން ފްރައިޑް ރައިސް އަދި ޗިކަން ބިރިޔާނީ ހިމެނެއެވެ. އަދި ބުއިމަށް އެކި ވައްތަރުގެ ފުރުޓް ޖޫސް ހިމެނެއެވެ.

ބްރޭކް ވޯޓަރ އިން ވަނީ ވަރަށް ޚާއްސަ އަގެއް ރޯދަ ވީއްލުމަށް ކަނޑައަޅާފައެވެ. އެއީ ކޮންމެ ބޮލަކަށް -/248 ރުފިޔާއެވެ.

ދެން އޮތީ ބްރޭކް ވޯޓާއިން ދޭ އުފާވެރި ޚަބަރެވެ. ބްރޭކް ވޯޓަރ އިން ހަތަރު މީހަކަށް ރޯދަ ވީއްލުން މުޅިން ހިލޭ އެބަލިބެއެވެ. އެންމެ ފުރަތަމަ ދުވަސް.އެމްވީގެ ފޭސްބުކް ޕޭޖް ލައިކްކޮށްލާށެވެ. އަދި މި އާޓިކަލް ޝެއާކޮށްލާށެވެ. އޭރުން ފޭސްބުކް ޕޭޖް ލައިކްކޮށް މި އާޓިކަލް ޝެއާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ބްރޭކް ވޯޓައިން ދެ މީހަކަށް ރޯދަ ވީއްލުން މުޅިން ހިލޭ ލިބޭނެއެވެ.

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.

އަވަހަށް ދުވަސްގެ ޕޭޖަށް ލައިކެއް ދިނުމަށް ފަހު މި އާޓިކަލް ޝެއާކޮށްލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް