އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދަށް "ފަސޭހަ" ގޮތެއް އައިޖީއެމްއެޗުން ތައާރަފްކޮށްފި

ސްއެމްއެސް އާއި އެންޑްރޮއިޑް އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދޭނެ ނިޒާމެއްް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެެވެ. އައި...

01 Jun 2015 | 10:54

ސްއެމްއެސް އާއި އެންޑްރޮއިޑް އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދޭނެ ނިޒާމެއްް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެެވެ.

އައިޖީއެމްއެޗްއިން ފެށި "ފަސޭހަ" ކެމްޕެއިންގެ ދަށުން ތައާރަފްކުރި މި ހިދުމަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ރިޝްވާން ވިދާޅުވީ އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތައް ހޯދުމަށް ގިނައިރު ކިޔުގައި ތިބެންޖެހުމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ ކިޔު ސިސްޓަމާއި އެޕޮއިންމަންޓް ސިސްޓަމް ބަދަލުކޮށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

ރިޝްވާން ވިދާޅުވީ މީގެކުރިން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހޮސްޕިޓަލުގައި ކިޔުގައި މަޑުކުރަން ޖެހުނުނަމަވެސް މިއަދު އަލަށް ތައާރަފްކުރި ހިދުމަތްތަކާއެކު އެކަމަށް ހައްލެއް ލިބިގެން ދާނެކަމަށާއި އޭގެ އިތުރުން އެޕޮއިންޓްމަންޓް ހެއްދުމަށް ފޯނުން ގުޅާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ކޯލް ސެންޓަރެއްވެސް ގާއިމުކޮށްފަ ވާކަމަށެވެ.

އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް Help ޖެހުމަށްފަހު 446 އަށް އެސްއެމްއެސް ފޮނުވުމުން ދެން ހަދަން ޖެހޭ ގޮތް އެސްއެމްއެސްއަކުން ލިބޭނެ އެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސްއަކުން އެކަން އަންގާނެ އެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން 24 ގަޑިއިރުގެ ތެރޭގައި މެސެޖަކުން އެކަން ޔަގީންކޮށްދޭން ޖެހޭއިރު، އެސްއެމްއެސްގައި ބުނެފައިވާ ގަޑިއަށް މެމޯ ނުހައްދައިފިނަމަ އެޕޮއިންޓްމަންޓް ކެންސަލް ވާނެ އެވެ.

އައިޖީއެމްއެޗްއިން ބުނީ މިއަދު އަަލަށް ތައާރަފްކުރި ހިދުމަތްތަކަށް މައްސަލަތަކެއް ދިމާވެދާނެ ކަމަށާއި އެކަން މަދު ދުވަސްތަކެއްގެ ތެރޭގައި ހައްލުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް