ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 10 އަހަރަށް ޖަލަށް

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ގދ. ގައްދޫ، ދިލ...

01 Jun 2015 | 10:17

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ގދ. ގައްދޫ، ދިލާވަރުގެ މުހައިމިނު ޝަރީފް (25އ) ގެ މައްޗަށެވެ.

މުހައިމިނު ޝަރީފުގެ މައްޗަށް ޙުކުމްކޮށްފައިވަނީ 2010 އޭޕްރީލް 18 ވަނަ ދުވަހުގެ 06:50 ހާއިރު ގައްދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައާއި ގުޅިގެންނެވެ.

މިމައްސަލައާއި ގުޅިގެން ޤާނޫނު ނަމްބަރު 12/2009 ( ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުހައިމިނު މައްޗަށް ދަޢުލަތުން ކުޅަ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބެލުމަށްފަހު ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވަނީ މުހައިމިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ނުހިންގާކަމަށް ބުނިނަމަވެސް ކަންވީގޮތް މުހައިމިން ޝަރީޢަތުގައި ބަޔާންކޮށްދީފައި ނެތުމުންނާއި ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުންނާއި މިޢަމަލު ހިންގި ކުޑަކުއްޖާ ދީފައިވާ ތަހުޤީޤު ބަޔާނުންނާއި ހުށަހެޅުނު މެޑިކޯ ލީގަލް ރިކޯޑުން މުހައިމިން ކުޑަކުއްޖަކާމެދު ބަދު އަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ސާބިތުވާކަމަށެވެ.

އެހެންކަމުން ޤާނޫނު ނަމްބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުހައިން ޝަރީފުގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަމަށް ޝަރީޢަތުން ކަނޑައަޅައި މިއީ މުހައިމިންގެ މިބާވަތުގެ ފުރަތަމަ ކުށްކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަމްބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުހައިމިން ޝަރީފް 10 އަހަރު ދުވަހުގެ މުއްދަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް