ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކޮށް އިހުމާލުވި އަންހެނަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކޮށް ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ވެލިދޫ އިން އަންހެނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމެއި މަހުގެ 28 ވަނަ ދުވަހު  އާއްމު ފަރާތަކުން ވެލިދޫ ޕޮލިސް ސް...

01 Jun 2015 | 10:07

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކޮށް ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ވެލިދޫ އިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމެއި މަހުގެ 28 ވަނަ ދުވަހު  އާއްމު ފަރާތަކުން ވެލިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި މިމައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް