އެއާޕޯޓުގައި މުޒާހަރާ ކުރި މީހުންނަށް މިމަހު 14 ގައި ހުކުމް އިއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި ކަމަށް ބުނެ 14 މީހެއްގެ މައްޗަށް ކުރި ދައުވާގެ ޝަރީތުގެ އަޑުއެހުންތައް މިއަދު ނިންމާލަ...

01 Jun 2015 | 08:25

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި ކަމަށް ބުނެ 14 މީހެއްގެ މައްޗަށް ކުރި ދައުވާގެ ޝަރީތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އެ މައްސަލާގައި ހުލާސާ ބަޔާނަށް ފަހު ގާޒީ ޝުޖާއު އުސްމާނު ވިދާޅުވީ އަޑުއެހުމެއް ދެން ބާއްވާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ އެ ދުވަހު އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

މާޗް ފަހެއްގައި އެއާޕޯޓުގައި މުޒާހަރާކުރި ކަމަށް ބުނެ 15 މީހެއްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރި ނަމަވެސް އޭގެ ތެރެއިން އެކަކު ރާއްޖޭގައި ނޫޅޭތީ ކުރިއަށް ގެންގޮސްފައިވަނީ 14 މީހެއްގެ ޝަރީއަތެވެ.

މީގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދުވެސް ހިމެނެ އެވެ.

މި އެންމެން އެދުވަހު މުޒާހަރާކޮށްފައިވާކަން ސާބިތުކޮށްދިނުމަށް 10 ފުލުހެއްގެ ހެކިބަސް ނަގާފައިވެ އެވެ. އަދި މީގެ ތެރެއިން 13 މީހެއްގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި ދެ މީހެއްގެ ހެކިބަސް ވެސް ނަގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް