ވިޔަފާރިތަކުގެ ލިޔެކިޔުންތައް މީރާއަށް އެކަނި ހުށަހަޅަންޖެހޭ ގޮތް ހަދައިފި

ވިޔަފާރިތަކުން ހުށަހަޅަންޖެހޭ އަހަރީ ހިސާބު އިކޮނޮމިކް މިނިސްޓްރީ އާއި މީރާއާ ދެ ތަނަށް ހުށަހެޅުމުގެ ބަދަލުގައި ހަމައެކަނި މީރާ އަށް ހުށަހެޅޭ ގޮތަަށް ހަމަޖައްސައިފި އެވެ. އެގޮތަށް ހަމަޖައްސާ އެއްބަސްވ...

01 Jun 2015 | 08:15

ވިޔަފާރިތަކުން ހުށަހަޅަންޖެހޭ އަހަރީ ހިސާބު އިކޮނޮމިކް މިނިސްޓްރީ އާއި މީރާއާ ދެ ތަނަށް ހުށަހެޅުމުގެ ބަދަލުގައި ހަމައެކަނި މީރާ އަށް ހުށަހެޅޭ ގޮތަަށް ހަމަޖައްސައިފި އެވެ.

އެގޮތަށް ހަމަޖައްސާ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. މީރާގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

މި އުސޫލަށް މަހެއްގެ ތެރޭގައި ފުރިހަމައަށް އަމަލު ކުރަން ފަށަން ވަނީ ނިންމާފަ އެވެ.

މި އުސޫލާ އެކު، މީރާ އަށް ހުށަހަޅާ އަހަރީ ހިސާބާއި އެ ނޫން ވެސް ލިއެކިއުންތަކުގައި ހުންނަ މައުލޫމާތު މީރާ އިން މިނިސްޓްރީއާ ހިއްސާކުރާނީ އޮންލައިން ސިސްޓަމެއް މެދުވެރިކޮށެވެ. އެ ސިސްޓަމް މެދުވެރިކޮށް، ކުންފުނިތަކާ ބެހޭ މައުލޫމާތު މިނިސްޓްރީން މީރާ އަށް ދެމުން ގެންދާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އަދި މިގޮތަށް ބަދަލު ކުރުމުން ވިޔަފާރި ކުރުމަށް އޮންނަ މާހައުލު ވަޒަންކުރާ ވޯލްޑް ބޭންކުގެ މިންގަނޑުގައި ރާއްޖޭގެ ދަރަޖަ ދަށަށް ދިއުން ހުއްޓުވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މިހާރު އޮންނަ ގޮތުން، ކުންފުނިތަކުގެ އަހަރީ ހިސާބު އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހެޅުމަށް ފަހު މީރާ އަށް ވެސް ފޮނުވަންޖެހެ އެވެ. އަދި މީރާ އަށް ހުށަހަޅަންޖެހޭ އެހެނިހެން މާލީ ހިސާބުތަކާއި ލިއެކިއުންތައް އެ އިދާރާ އަށް ހުށަހެޅުމަށް ފަހު، މިނިސްޓްރީ އަށް ފޮނުވަން ވެސް މިހާރު އޮންނަ އުސޫލުގެ ދަށުން ކުންފުނިތަކަށް ލާޒިމްކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް