މަތިންދާބޯޓުތަކަށް އަޅާ ތެޔޮ ވިއްކާ އަގު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބޮޑުކޮށްފި އެވެ.
އެމްއޭސީއެލްއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ބައިނަލް އަގުވާމީ ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކާނީ 0.74 ޑޮލަރު (11.54ރ) އަށް ކަމަށެވެ. މިއީ އެންމެ ފަހުން އެކުންފުނިން ތެޔޮ ވިއްކި އަގަށްވުރެ 16 ލާރި ބޮޑު އަދެދެކެވެ.
އެތެރޭގެ އުދުހުންތަކުގެ ފްލައިޓުތަކަށް ތެޔޮ ލީޓަރެއް ވިއްކާނީ 0.76 ޑޮލަރު (11.85ރ) އަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މިއީ އެންމެ ފަހުން އެ ކުންފުނިން ތެޔޮ ވިއްކި އަގަށްވުރެ 27 ލާރި ބޮޑު އަދެދެކެވެ.
މިދިޔަ އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން ބައިނަލް އަގުވާމީ ފްލައިޓުތަކަށް ތެޔޮ ލީޓަރެއް ވިއްކަމުން ދިޔައީ ލީޓަރެއް 0.73 ޑޮލަރު (11.38ރ) އަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ފްލައިޓުތަކަށް ތެޔޮ ލީޓަރެއް ވިއްކާފައި ވަނީ 0.75 ޑޮލަރު (11.58ރ) އަށެވެ.
އެ ކުންފުނިން ބުނީ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް