ގަވާއިދާ ހިލާފަށް އުޅުނު 2082 ބިދޭސީން މި އަހަރު މިހާތަނަށް ފުރުވާލެވިއްޖެ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދާ އެމީހުން ރާއްޖެއިން ފޮނުވާލުމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރު މިހާތ...

01 Jun 2015 | 05:02

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދާ އެމީހުން ރާއްޖެއިން ފޮނުވާލުމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރު މިހާތަނަށް 2082 ބިދޭސީއަކު ފޮނުވާލެވިފައިވާކަމަށް އެ ޑިޕާޓްމެންޓުން ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2082 ބިދޭސީއަކު ފުރުވާލާފައިވާއިރު އޭގެ ތެރެއިން 1401 މީހަކު ފުރުވާލާފައިވަނީ އަމިއްލައަށް އިމިގްރޭޝަނާ ހަވާލުވުމުންނެވެ. ޖިނާއީ މައްސަލަތަކާ ގުޅިގެން 101 ބިދޭސީއަކު ޑީޕޯޓްކޮށްލާފައިވާއިރު ރެއިޑް އޮޕަރޭޝަންތަކުން އަތުލައިގަނެ ރާއްޖެއިން ފުރުވާލާފައިވަނީ 427 ބިދޭސީންނެވެ.

މީގެ އިތުރުން ސިއްހީގޮތުން ފިޓް ނޫން 56 ބިދޭސީން ފުރުވާލާފައިވާއިރު ވިކްޓިމައިޒް ވެފައިވާ 97 ބިދޭސީއަކަށް އެއްވެސް އަދަބެއް ދިނުމެއްނެތި ފުރުވާލެވިފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް