ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ފޮޓޯތަކާއެކު ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމް ތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މި މަގުން ކުރެވޭ މަސައްކަތުން ރައްކާތެރިކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުން އެއީ އަޅުގަނޑުމެންގެ މަސައްކަތުގެ އަމާޒު" އެ ޕޯސްޓްގައި ފުލުހުން ބުނެފައިވެއެވެ.
މިފަދަ ގޮތަކަށް ފުލުހުން ބުނެފައިވާއިރު މި ފަހަކަށް އައިސް ހަމަ ކޮންމެ ރެއަކުހެން މާލޭގެ އެކި ސަރަހައްދުތަކުގައި ތަފާތު އިހުތިޖާޖުތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށްގެންދާ އިހުތިޖާޖަކާއި، އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީއިން ކުރިއަށްގެންދާ އިހުތިޖާޖަކާއި، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދުގެ ބަންދާއިމެދު ކަންބޮޑުވުން ފާޅުކޮށް ކުރިއަށްގެންދާ އިހުތިޖާޖަކާއި އަދި ހަމަ އެހެންމެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ފާޅުކުރުމުގެ އިހްތިޖާޖުތަކެއް ސިލްސިލާގޮތެއްގައި މާލޭގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް