ސާޖިދް ނަޑިއާޑްވާލާ އިން 2010 ގައި ފެށި ހައުސް ފުލް ކޮމިޑީ ފިލްމް ސީރީޒްގެ ފަސްވަނަ ފިލްމު "ހައުސްފުލް 5" ގެ ޓީރީޒް ރިލީޒް ކުރުމާއެ ޓްރެއިލަރ އަށް ބޮޑު މަގުބޫލުކަމެއް ލިބިގެންގޮސްފިއެވެ.
އިއްޔެ އާންމުކުރި އެ ޓްރެއިލާއަށް މިހާތަނަށް ފަސް މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
ހައުސްފުލް 5ގައިވެސް އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އަދި ޗަންކީ ޕާންޑޭ، ކާސްޓުންގެ ތެރޭގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން ފަސްވަނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަބީޝޭކް ބައްޗަން، ޖެކޮލިން ފަނަންޑޭޒް، ސޯނަމް ބަޖްވާ، ނަރްގިސް ފަޚްރީ، ފަރްދީން ޚާން، ޝްރެޔާސް ތަލްޕަޅޭ، ޗިތްރަންގްދާ ސިންގް، ޑީނޯ މޯރިއާ، ޖޮނީ ލިވާ، ނިކްތިން ދީރް، ރަންޖީތު، ޖެކީ ޝްރޮފް، ސަންޖޭ ދަތް އަދި ނާނާ ޕަޓޭކަރު ހިމެނެއެވެ.
ހައުސްފުލް ސީރީޒްގެ ފިލްމުތަކަކީ ދިވެހިންގެ މެދުގައިވެސް މަގްބޫލުކަން ހޯދާފައިވާ ފިލްމު ތަކެކެވެ. ހައުސްފުލް ކޮމެޑީ ފިލްމް ސީރީޒްގެ ފަސްވަނަ ފިލްމް ރިލީޒް ކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ، ޖޫން މަހުގެ ހަވަނަ ދުވަހުގައެވެ.
https://www.youtube.com/watch?v=e2eX1HGeBFE
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް