ހައްޖު ވިސާގައި ނޫނީ މައްކާއަށް އެތެރެނުވެވޭގޮތް ހެދުމާއެކު ގެފުޅު ސަރަހައްދުން އިއްޔެ ފެނުނީ މަދުން ނޫނީ ނުފެންނާނެ މަންޒަރެއް

ސައޫދީ އަރަބިއްޔާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ ކައުބަތުﷲ ގެފުޅު ކައިރިން އިއްޔެ ފެނުނު މަންޒަރަކީ މި ފަހަކަށް އައިސް ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. އެއީ ގެފުޅު ސަރަހައްދުނ...

01 May 2025 | 14:57

ސައޫދީ އަރަބިއްޔާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ ކައުބަތުﷲ ގެފުޅު ކައިރިން އިއްޔެ ފެނުނު މަންޒަރަކީ މި ފަހަކަށް އައިސް ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. އެއީ ގެފުޅު ސަރަހައްދުން މީހުންގެ އަދަދު އިންތިހާއަށް މަދުން ފެނުމެވެ.

ސަބަބަކަށްވީ ނިމިދިޔަ އޭޕްރީލްމަހުގެ 29 އިން ފެށިގެން، މި އަހަރުގެ ހައްޖު މޫސުން ނިމުމާއި ހަމައަށް، ހައްޖު ވިސާގައި ނޫނީ މައްކާއަށް އެތެރެ ނުވެވޭނެހެން ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ގެނައި ބަދަލެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ ކައުބަތުﷲ ގެފުޅު ސަރަހައްދުން ފެނުނު އެ މަދު އަދަދެއްގެ މީހުންނަކީ މި އަހަރުގެ ހައްޖަށް މިހާތަނަށް މައްކާއަށް ގޮސްފައިވާ މަދު އަދަދެއްގެ މީހުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދު ފުރެމުން ފުރެމުންގޮސް މިލިޔަނުން މުސްލިމުން އެ ސަރަހައްދު ފުރާލާނެ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް