އުރީދޫގެ އީ ސިމް ވެއާރަބަލްސް ޚިދުމަތާއެކު އެޕަލް ވޮޗް ސެލިއުލާ ލިބޭ މަދު ޤައުމުތަކުގެ އެޕަލް ވެބްސައިޓްގެ ލިސްޓަށް ދިވެހިރާއްޖެ

އެޕަލް ވޮޗް ސެލިއުލާ ލިބޭ މަދު ޤައުމުތަކުގެ އެޕަލް ވެބްސައިޓްގެ ރަސްމީ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ. އެޕަލް ވޮޗް ސެލިއުލާ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ އުރީދޫ މޯލްޑިވްސް އިންނެވެ. އުރީދޫ ...

01 May 2025 | 11:14

އެޕަލް ވޮޗް ސެލިއުލާ ލިބޭ މަދު ޤައުމުތަކުގެ އެޕަލް ވެބްސައިޓްގެ ރަސްމީ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

އެޕަލް ވޮޗް ސެލިއުލާ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ އުރީދޫ މޯލްޑިވްސް އިންނެވެ.

އުރީދޫ އީސިމް ވެއާރަބަލްސް ގެ ޙިދުމަތް އެޕްލް ވޮޗް ގެންގުޅުއްވާ ފަރާތް ތަކަށް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފާވާއިރު، މިހާރު ކުރިއަށް ދާ ހާއްސަ އޮފަރ ގެ ދަށުން ހިދުމަތް ނަންގަވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ އެވެ. މި ހާއްސަ އޮފަރ ގެ މުއްދަތަށް ފަހު މަހަކު 200 ރުފިޔާއަށް ހިދުމަތް ލިބޭނެ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ނަންގަވާ ފަރާތްތަކަށް ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނެއެވެ.

އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ.

ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ހޯދުމަށް:  https://ore.do/applewatch

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް