މަނާ ބޭހާއި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެމީހަކު ހައްޔަރު

މަނާ ބޭހާއި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2025 އޭޕްރިލް 30 ވަނަ ދުވަހުގެ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭ...

01 May 2025 | 06:40

މަނާ ބޭހާއި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2025 އޭޕްރިލް 30 ވަނަ ދުވަހުގެ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވަމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، ޢަލީ ޢަބްދުﷲ (48އ) އާއި އުނިމާގެ / ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް، މި ދެ މީހުންނާއި އެމީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނެއެވެ.

މީގެ އިތުރުން، ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާކަމަށާއި މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް