ށ.ފުނަދޫ އަދި ޅައިމަގުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތްތައް ނިންމާލައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، އިންޑިޔާގެ ވިޝްވަރާޖް އެންވިރޮމެންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރެވިފައިވަނީ 20 މަހާއި 26 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ނިންމާގޮތަށެވެ.
މި ދެ ރަށުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. އެ އަހަރުގައި 16 އަތޮޅެއްގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ކުރުމަށް ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.
ފުނަދޫ އަދި ޅައިމަގުގެ ކޮމިޝަން ކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްއީ) އާއި ވުޒާރާގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
https://twitter.com/MoCImv/status/1785551518315463050
https://twitter.com/MoCImv/status/1785549914241691815
ށ. ފުނަދޫ އަދި ޅައިމަގުގެ އިތުރުން ހއ. ކެލާ، ހދ.ވައިކަރަދޫ، ހ.އ ބާރަށް، ނ.މަނަދޫ ފެނާއި ނަރުދަމާގެ މަސައްކަތްތައް ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފައެވެ. ހަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ޖުމްލަ 18،489،229.90 ޑޮލަރު ވަނީ ހޭދަވެފަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް