އެމްޑީޕީއިން މި ސަރުކާރަށް ގޮވާލީ އެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާކުރުމަށް ފެށި ސިޔާސަތުތައް ތަންފީޒު ކުރުމަށް

އެމްޑީޕީއިން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ފަށާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ޕާޓީން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ. މިއަދު ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނި...

01 May 2024 | 11:12

އެމްޑީޕީއިން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ފަށާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ޕާޓީން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

މިއަދު ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ މަސައްކަތްތެރިންނަށް ދެންނެވުމަށް އެ ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަސައްކަތްތެރިންގެ ހައްގުތައް ވަކާލާތުކުރާ، އަދި މަސައްކަތްތެރިންގެ ހައްގުތަށް ރައްކާތެރިކޮށް ހިމާޔަތްކުރިކަން ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމަ އެކަނި ސިޔާސީ ޕާޓީ އަކީ އެމްޑީޕީ ކަމުގައެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް އެމްޑީޕީއިން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި ގާނޫނުން މަސައްކަތްތެރިންނަށް ލިބިފައިވާ ފުރުސަތުތަކަށް ޖާގަދެއްވާ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކި ކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެގޮތުން އެ ޕާޓީގެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުގައި ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ، ރާއްޖޭގައި އަލަށް އިންޑަސްޓްރިއަލް ރިލޭޝަންއާއި ގުޅޭ ގާނޫނާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގާނޫނު ފާސްކުރެވި އަމަލު ކުރަން ފެށުން ކަމުގައި އެ ޕާޓީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެ ޕާޓީއިން ވަނީ ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ސަރުކާރުގައި ސިޔާސީ ފިކުރަށް ބަލާއި ވަޒީފާއިން މީހުން ވަކިކުރަމުން ދާކަމަށް ތުހުމަތުކޮށްފައެވެ. އަދި މި ކަންކަމަކީ އެ ޕާޓީއިން ކުށް ވެރި ކުރާ ކަމެއްކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. އަދި އެފަދަ ކަމަކާ ގުޅިގެން މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވާ ނަމަ އެ ޕާޓީއިން ޝަކުވާ ހުށަހެޅުމުގެ ހާއްސަ އީމެއިލްއެއް ހަދާ އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް