މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން: ރައީސް ސޯލިހް

މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމުގައި އެމްޑީޕީއިން ދެމި ތިބޭނެ ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު އެކްސްގައި ރައީސް ސޯލިހު ކުރެއްވި ޕޯސްޓެއްގ...

01 May 2024 | 07:17

މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމުގައި އެމްޑީޕީއިން ދެމި ތިބޭނެ ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އެކްސްގައި ރައީސް ސޯލިހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ،މައްސަކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި އެމްޑީޕީއިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން، މި މޭ ޑޭ ނުވަތަ މަސައްކަތްތެރީންގެ ދުވަހުގައި ރައްޔިތުންނަށް އަރުވާކަމަށެވެ.

މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން  ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދުވަހުގެ ތަހުނިޔާ އަދާކޮށްފައެވެ. އެއަށް ފަހު އެމްޑީޕީއިން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާ އެކަމާއި މެދު ފަހުރުވެރިވާކަމުގައި ރައީސް ސޯލިހް ވަނީ އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުގައި ގިނަ ބިލްތަކެއް ވަނީ މަޖިލީހަށް ހުށަޅާފައެވެ. އޭގެތެރޭގައި ވިހެއުމާއި ގުޅިގެން އަންހެނުންނަށް 6 މަސް ދުވަހުގެ ޗުއްޓީ އެއް ލިބޭއިރު ބައްޕަ އަށް 1 މަސް ދުވަސް ލިބޭ ގޮތަށް ހަމަޖައްސަވާދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް