ދެކުނުގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކަށް ޖިިންސީ ގޯނާކުރި މައްސަލައެއް - އަދި މީހަކު ހައްޔަރު ނުކުރޭ

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ރަށް ހާމަނުކޮށް ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅިފައިވަނީ (ގއ،ގދ...

01 May 2024 | 06:24

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ރަށް ހާމަނުކޮށް ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅިފައިވަނީ (ގއ،ގދ،ޏ،ސ) ގައި ހިމެނޭ ރަށަކުން ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 28 އޭޕްރިލް 2024 ވަނަ ދުވަހު ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަަލައިގާ އަދި މިހާތަަނަށް މީހަކު ފުލުހުުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފލުހުން ބުނެފައެއް ނުވެއެވެ.

މިފަދަ މައްސަލަތަކުގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެކަމަށް ބަލައި ފުލުހުންނާއި އަދި ކަމާއިބެހޭ އިދާރާތަކުން މިފަދަ ކުދިންނާއި ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރެވޭ މައްސަލަތަކެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް