ޙައްޖު ދަތުރުތައް އަގު ހެޔޮ ކުރުމުގެ މަސައްކަތް ފަށައިފި

ޙައްޖު ދަތުރުތައް އަގުހެޔޮ ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަންއިން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޙައްޖު ފަންޑުގެ ނަމުގައި ޙާއްސަ ފަންޑެއް ގ...

01 May 2024 | 06:03

ޙައްޖު ދަތުރުތައް އަގުހެޔޮ ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަންއިން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޙައްޖު ފަންޑުގެ ނަމުގައި ޙާއްސަ ފަންޑެއް ގާއިމުކޮށް ޙައްޖު ދަތުރުތަށް އަގުހެޔޮ ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަން އިން މިހާރު ވަނީ ފަށާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ޙައްޖު ފަނޑެއް ގާއިމްކޮށް ރައްޔިތުނަށް ޙައްޖު ދަތުރުތަކަށް ކުރަން ޖެހޭ ހޭދަ ކުޑަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ރިޔާސީ ވައުދު ފުޅެއްކަމުގައެވެ.

މިގޮތުން ޙައްޖު ފަންޑުން އެކި އެކި އިންވަސްޓްމެންޓްތައް ކޮށް އެ ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދައި،އެ ކުންފުންޏަކީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހެދުމަށް މަސައްކަތްތައް ދަނީ ކުރެވެމުންކަމުގައި ޝަކީލް ރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅު ވެފައެވެ. އަދި ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ތަކާއި އެކު ޙައްޖު ދަތުރުތައް ރައްޔިތުންނަށް ކުޑަ ކޮށްދިނުމުގެ މަސައްކަތް ވަނީ ފައްޓަވާފައި ކަމަށް އެ ޕޯސްޓުގައި ޝަކީލް ވިދާޅު ވެފައިވެއެވެ.

ޙައްޖު ކޯޕަރޭޝަން ކުންފުނިން މިހާރު ޙައްޖު ދަތުރުތައް ކުރާ އަގަކީ، 20 ދުވަހާ 30 ދުވަހުގެ ދިގު ދަތުރު ތަކަށް 69،965 ރުފިޔާ އަށެވެ. އެ ކޯޕަރޭޝަންއަކީ ޙާއްޖީންނަށް ފެންވަރު ރަގަނޅު ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް