ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ދުވަހަށް އެނގިފައިވާގޮތުގައި މި ހާދިސާ ހިނގީ، ރޭގެ 11:30 ހާއިރުގައެވެ. މި ހާދިސާއާއި ގުޅޭގޮތުން މޯލް...

01 May 2024 | 05:23

ހުޅުމާލޭ ފޭސް ދޭއްގައި ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި މި ހާދިސާ ހިނގީ، ރޭގެ 11:30 ހާއިރުގައެވެ.

މި ހާދިސާއާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ ކާރުގައި ރޯވުމުން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވިކަމަށާއި މި ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވީނަމެވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ، މި ހާދިސާއާއި ގުޅޭ ބައެއް ވީޑިއޯތަކަށް ބަލާއިރު އަލިފާން ރޯވީ ހުދުކުލައިގެ ޕްރައިވެޓް ކާރެއްގައެވެ. އެ ކާރުގެ ބޮނެޓުގައި ރޯވެފައިވާ އަލިފާން ބަޔަކު ފަޔަރ ޑިސްޓިންގިޝާ ބޭނުންކޮށްގެން ނިއްވާލާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް