ޓީވީ ޗެނަލްތަކަށް ގެއްލުންދޭނެކަމަށް ދިން އިންޒާރުގެ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ޕޮލިސް

ބައެއް ޓީވީ ޗެނަލްތަކާއި އާއްމު ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލަ ދަނީ ސީ...

01 May 2024 | 05:15

ބައެއް ޓީވީ ޗެނަލްތަކާއި އާއްމު ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލަ ދަނީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށްށެވެ.

ފުލުހުން ބުނީ، މީހުންނަށާއި ތަންތަނަށް ގެއްލުން ދިނުމުގެ މައްސަލަ ތަކަކީ ސީރިޔަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލާ ކަންކަން ކަމަށްށެވެ. އަދި ހާއްސަކޮށް މީހުންގެ ފުރާނައާއި، ޓީވީ ޗެނަލްތަކަށް ގެއްލުން ދިނުމުގެ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދޭ ކަމުގައި ފުލުހުން އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ކުރަން ޖެހޭ ތަހުގީގާއި އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތްތަށް ވަނީ ސައިބާ ކްރައިމް ޑިޕާޓްމަންޓާއި، ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ފަށާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިންގާ ދެ މީޑިއާއަކަށް އިންޒާރުދީފައިވަނީ ކާކުކަން ނޭނގޭ މީހަކު ސޯޝަލް މީޑިއާގައި ކުރި ކޮމެންޓުތަކެއްގައެވެ. އެގޮތުން ފިތުނަ އުފައްދަން ޗެނަލް 13 އަށް ފުރުސަތު ނުދޭނެ ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް