އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ކޮންމެ އެންގޭޖްމަންޓެއްގެ ވަކި ބަރުދަނާއި ފޯކަސްއެއް އޮންނަ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އޭޕްރީލް މަހުގެ 27-29 އަށް ޑޮމިނިކަން ރިޕަބްލިކްގައި ކުރިއަށްދާ އިވެންޓުގައި ބައިވެރިވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ.
އެމެރިކާ، ޔޫރަޕް، ރަޝިޔާ ނުވަތަ ޖަޕާން ކަމުގައި ވިޔަސް، އިންޑިއާއިން މަސައްކަތް ކުރަނީ އެކްސްކްލޫސިވިޓީ ހޯދުމެއް ނެތި ހުރިހާ ގުޅުމެއް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ޗައިނާ ވަންނަނީ ތަފާތު ކެޓަގަރީއަކަށް ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
ޑޮމިނިކަން ރިޕަބްލިކްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ "2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޮޑުވަޒީރު މޯދީ މުޅި އިންޑިއާ ކަނޑާއި އޭގެ ޖަޒީރާ އަށް ފުޅާ ވިސްނުމެއް ފާޅުކުރެއްވި. އޭގެ ފަހުން އުފެދުނު އިންޑޯ-ޕެސިފިކް ތަޞައްވުރު އުފެދިގެންދިޔަ. ދެކުނަށް ބަލާއިރު، ސެންޓްރަލް އޭޝިއާއާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ސްޓްރެޓަޖީތަކެއް އިންޑިއާއިން ގެންގުޅޭ. އިންޑިއާގެ ޑިޕްލޮމެޓިކް ޕޮލިސީތަކަކީ ވަރަށް ހަރުދާ ޕޮލިސީތަކެއް. މި ޕޮލިސީތައް ކުރިއެރުވުމަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި" ޖައިޝަންކަރު ވިދާޅުވިއެވެ.
ޖައިޝަންކަރު ބުނީ ކޮންމެ އެންގޭޖްމަންޓެއްގައި ވެސް ވަކި ބަރުދަނާއި ފޯކަސް ހުންނަ ކަމަށެވެ. "އެމެރިކާ، ޔޫރަޕް، ރަޝިޔާ ނުވަތަ ޖަޕާން ވިޔަސް އަޅުގަނޑުމެން މަސައްކަތް ކުރަނީ ހުރިހާ ގުޅުމެއް، މި ހުރިހާ ގުޅުމެއް އެކްސްކްލޫސިވިޓީއެއް ނުހޯދައި ކުރިއަށް ގެންދިއުމަށް،" ޗައިނާގެ ވާހަކަ ނުލާ ޖައިޝަންކަރު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ވަނީ ޗައިނާއާއި އޮންނަ ބޯޑަރުގެ މައްސަލަތަކާއި އެހެން މައްސަލަތަކުގެ ސަބަބުން އެޤައުމާ ބާއްވަން ޖެހެނީ ތަފާތު ގުޅުމެއްކަން ފާހަގަކޮށްފައެވެ.
ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން މުޅި ސަރަހައްދުގެ ހުރިހާ ޤައުމަކާ އޮންނަ ގުޅުންތައް ބަދަހިކުރަމުންދާ ކަމަށެވެ. ނަމަވެސް ބޯޑަރު މައްސަލައާއި ގުޅިގެން މިފަދައިން ޕާކިސްތާނާއި ގުޅުން ބަދަހި ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް