ޕާކިސްތާނުގެ ސިޔާސީ މައްސަލަތަކުގެ ވާހަކަ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އެޤައުމުގެ ފޮރިން އެފެއާޒް ކޮމިޓީގެ އިސް މެމްބަރަކު މި ވަނީ ދައްކަވާފައެވެ.
މިގޮތުން މިވާހަކަތައް ދައްކަވާފައި ވަނީ ރެކޯޑު 13 ވަނަ ފަހަރު މެންބަރުކަމަށް އައްޔަނުވެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ކެލިފޯނިއާއަށް ނިސްބަތްވާ ސީނިއާ މެންބަރު އަދި ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމަށްވާ ކޮންގްރަސްމަން ބްރެޑް ޝާމަންއެވެ.
ބްރެޑް ޝާމަންގެ ވާހަކަފުޅުގައި ވަނީ ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ސިޔާސީ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.
މިގޮތުން އޭނާ ވަނީ އެމެރިކާއިން ތާއީދުކުރާނީ އެމެރިކާއަށް ރޫޓް ކުރާ ބަޔަކު ޕާކިސްތާނުގައި ވެރިކަމުގައި ދެމި ތިބުމަށް ކަމުގައި ބެލެވުނަށް، ހަޤީޤަތުގައި ބޭނުން ވަނީ ޑޮމިކްރަސީ ދަމަހައްޓާނެ ބައެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެއްބަސްވެވަޑައިގަތީ މިދިޔަ އަހަރު ވޮޝިންޓަންގެ ސަރުކާރު ވައްޓާލި ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދެވި ޚާން އަކީ ޕާކިސްތާނުގެ އެހެން ބައެއް ސިޔާސީ ލީޑަރުން ފަދައިން ޑީލް ކުރަން ފަސޭހަ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ކަން ހިނގަމުން މިދަނީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތައްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް