ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެ އަށް 9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރި އިންޑިއާ މީހާއަށް ކޯޓުގައި ދައްކާ ވާހަކަ ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ މަސްތުވާތަކެތި އެތެރެ ކުރި 57 އަހަރުގެ އިންޑިޔާ އަންހެން މީހާ، ލަލްތުލަންޕަރި ކޯޓުގައި ދައްކާ ވާހަކަ އާއި ތަރުޖަމާނު މެދުވެރިކޮށް ދައްކާ ވާހަކަ ނޭނގޭ ކަމަށެވެ
އަދި އޭނާއަށް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދީފައިވީނަމަވެސް، އޭނާއަށް އިނގިރޭސި ހިންދީ ބަސްވެސް ނޭނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. މިގޮތުން ވަކީލާއި މުއާމަލާތް ކުރުމުގައިވެސް ދަތިތަކެއް ހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އިތިއޮޕިއާ މަގުން ރާއްޖެއަށް ފަސްކިލޯގެ ޑްރަގް އެތެރެ ކުރި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރީ 57އ އިންޑިއާ އަށް ނިސްބަތްވާ ލަލްތުލަންޕަރި އެވެ. މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މި މައްސަލައިގެ އޭނާގެ ބަންދަށް ފުރަތަމަ ތިން ދުވަސް ޖެހިއިރު، ފަހުން ޖެހީ 15 ދުވަހެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދީފައި ވަނީ ފަސް ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް