މަސައްކަތްތެރިންގެ ހައްގުގައި ރައީސް ގެންނަ ހެޔޮ ބަދަލު ބަލައިގަތުމުގެ ހިތްވަރެއް އިދިކޮޅަކު ނެތް: މިނިސްޓަރު ސަމީރު

މަސައްކަތްތެރިންގެ ހައްގުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތައް ބަލައިގަތުމުގެ ހިތްވަރު ވާދަވެރި ސިޔާސީ ލީޑަރުންގެ ކިބައިގާ ނެތްކަމުގައި ރައީސް އ...

01 May 2023 | 18:20

މަސައްކަތްތެރިންގެ ހައްގުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތައް ބަލައިގަތުމުގެ ހިތްވަރު ވާދަވެރި ސިޔާސީ ލީޑަރުންގެ ކިބައިގާ ނެތްކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އެއްވެސް ހެޔޮ ބަދަލެއް ބަލައިގަތުމުގެ ހިތްވަރެއް ވާދަވެރި ސިޔާސީ ލީޑަރުންގެ ކިބައަކުން ނުފެނޭ" ސަމީރު ވިދާޅުވެފައިވެއެވެ.

ސަމީރު ވިދާޅުފައިވަނީ މާޒީވެދިޔަ އެއްވެސް ވެރިކަމެއްގައި ދިވެހި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ނުކުރާ މިންވަރަށް ރައީސް ސޯލިހްގެ ވެރިކަމުގައި ކުރިއެރުމާއި ހެޔޮ ބަދަލުތައް މަސައްކަތްތެރިންނަށް ވަނީ ހޯއްދަވައިދެއްވާފައިކަމަށެވެ. އަދިވެސް އިތުރަށް ކުރައްވަންހުރި މަސައްކަތްތަކައިގެން ދުވަހެއް ދުވަހަކަށް ރައީސް ސޯލިހް އެ ގެންދަވަނީ އުފާވެރި ބަދަލުތައް ގެނެސްދެއްވަމުން ކަމުގައިވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވެފައިވަނީ ގައުމުގައި ފިތުނަ ފަސާދަ އުފަންކުރުވުގައިގެން ދޮގު ވިއްކައިގެން ލިބިދާނެ ރައްޔިތުންގެ ވޯޓެއް ނޯންނާނެކަންވެސް ސީޔާސީ އެ ލީޑަރުންނަށް ހަމަ ރީތިކޮށް ސާފުވެލައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް