އެހެނިހެން ކާތަކެއްޗާއެކު އެއް ކޮތަޅަކަށް ރޯ ބިސް އެޅުން ރަނގަޅު ނޫންކަމުގައި އެތެރެހަށީގެ ހާއްސަ ޑަކުޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ ހޭލުންތެރިކުރުވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ ވިދާޅުވެފައިވަނީ ބައެއް ފަހަރަށް ރޯ ބިހުގެ ބޭރުގައި ހުންނަ ޖަރާސީމު އެހެނިހެން ކާއެއްޗެއްސަށް އަރާ، ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާކަމަށެވެ.
"އެއް ކޮތަޅަށް އެއްޗެހި އަޅަމުންގޮސް، ރޯ ބިހާ އެހެނިހެން ކާ އެއްޗެހި އެއް ކޮތަޅަށް އެޅުން ރަނގަޅެއް ނޫން" ޑރ. ވިދާޅުވެފައިއެވެ.
ޑރ. އިތުރަށް ވިދާޅުވެފައިވަނީ ރަނގަޅުކޮށްލަން ބިހުގެ ބޭރު ޑިޓާޖަންޓެއްލައިގެން ދޮވުނަސް ކަމަކުނުދާނެކަމަށާއި އެހެން ހެދުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގައި ހުންނަ ޖަރާސީމު ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާކަމަށެވެ.
އެންމެ ރަނގަޅު ގޮތަކީ ބިސް ގަންނައިރު އެންމެ ރަނގަޅު ގޮތަކީ ބިހުގެ ބޭރު ރީތި ބިސް ގަތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް