ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ރ. އަލިފުށީ ޖަމީލާ މަހްމޫދެވެ.
އޭނާ ނިޔާވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ނަމަވެސް އޭނާ ނިޔާވި ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މީގެ ކުރިން މިދިޔަ އޭޕްރިލް މަސް ތެރޭގައިވެސް އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
މީގެ އިތުރުން، މިދިޔަ މާރިޗް މަސް ތެރޭގައި އާއި ޖެނުއަރީ މަސް ތެރޭގައިވެސް އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ވަނީ ނިޔާވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް