ޗާގޯސް މައްސަލައިގާ އެމްއާރްއެމް އިން ސަރުކާރާ ދެކޮޅު

ޗާގޯސް މައްސަލައިގާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސަރުކާރުގެ ސްޓޭންޑާއި ދެކޮޅުކަން ހާމަކުރަން އެ ޕާޓީން ނިންމައިފިއެވެ. އެ ޕާޓީން މި ނިންމުން ނިންމާފައިވަނީ ރޭގައި އެ ޕާޓީން ބޭއްވި ...

01 May 2023 | 14:05

ޗާގޯސް މައްސަލައިގާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސަރުކާރުގެ ސްޓޭންޑާއި ދެކޮޅުކަން ހާމަކުރަން އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މި ނިންމުން ނިންމާފައިވަނީ ރޭގައި އެ ޕާޓީން ބޭއްވި ޕާޓީގެ އެކްސްކޯގެ ކުއްލި ބައްދަލުވުމެއްގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރޭގައި ބޭއްވި އެކްސްކޯ ބައްދަލުވުމުގައި އެކްސްކޯ މެންބަރުންގެ ތެރެއިން 71 އިންސައްތަ މެންބަރުން ވޯޓުދެއްވީ ސަރުކާރުގެ ސްޓޭންޑާއި ދެކޮޅަށެވެ. ރޭގެ އެކްސްކޯގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ރައީސް، ފާރިސް މައުމޫނެވެ.

ރޭގެ އެ އެ ބައްދަލުވުމުގައި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ އެކްސްކޯގައި އެމްއާރްއެމްއިން ނިންމާފައިވަނީ ޗާގޯސް މައްސަލައިގާ އެ ޕާޓީން ދެކޭގޮތް، ކަމުގެ ފަންނީ ބޭފުޅުންގެ ބަހާއެކު ހާމަކުރުމަށާއި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ހަދައި އެކަމުގެ ކަންބޮޑުވުން ސަރުކާރަށް ހިއްސާ ކުރުމުގެ ގޮތުން ރައީސް އޮފީހަށް ސިޓީއެއް ފޮނުވުމަށެވެ.

އެމްއާރްއެމްއިން މިކަމުގައި ސަރުކާރާ ދެކޮޅު ސްޓޭންޑް ނަގާފައިވާއިރު އެ ޕާޓީއަކީ މިހާރު މި އޮތް ސަރުކާރުގެ ކޯލީޝަން ޕާޓްނަރެކެވެ. ސިޔާސީ މަގާމުތަކުގައި އެ ޕާޓީގެ ތިން މިނިސްޓަރަކާއި ސިޔާސީ އިތުރު މަގާމުތަކުގައި އެ ޕާޓީގެ މެންބަރުން އެބަތިއްބެވެ.

އެމްއާރްއެމްއަކީ މިހާރުގެ ކޯލީޝަން ޕާޓްނަރެއް ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއްވެސް ބަޔަކާއެކު ކޯލީޝަން ހެދުމަށް އަދި އެ ޕާޓީން ނިންމާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް