ކަރަންޓު މީޓަރުގެ ރީޑިން ނުނަގައި ބިލު ބޮޑުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ސްޓެލްކޯ އިން ރައްދުދީފިއެވެ.
ރީޑިން ނުނަގާ ބިލު ބޮޑުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް މިހެން ވިދާޅުވެފައި ވަނީ މީޓަރުގެ ރީޑިން ނުނަގައި ކަރަންޓު ބިލުތަށް ވަރަށް ބޮޑަށް ބޮޑުކޮށްފައި ވާކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވަމުންނެވެ.
އެގޮތުން ސްޓެލްކޯ އިން މީޓަރުގެ ރީޑިން ނުނަގައި ކަރަންޓު ބިލުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޝަރީފު މިއަދު ވިދާޅުވީ ސްޓެލްކޯއިން އެއްވެސް އިރެއްގައި ކަރަންޓު ބިލާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ.
އަދި ޓެރިފް ރޭޓްއަކީ ސްޓެލްކޯ އިން ކަނޑައަޅާ ކަމެއް ނޫން، ކަމަށާއި ކަރަންޓު ބޭނުންކުރުމަކީ ސްޓެލްކޯ އިން ކޮންޓްރޯލްއެއް އޮންނަ ކަމެއް ނޫން ކަމަށް ވެސް ޝަރީފު ވިދާޅުވެފައި ވެއެވެ.
ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާ އާންމުވެ ސްޓެލްކޯ އިން ކަރަންޓު ބިލާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށް އެމްޑީ ޝަރީފް ވިދާޅުވެފައި މިވަނީ ހޫނު ގަދަވުމުގެ ސަބަބުން މާލެ ސަރަހައްދުގައި މިދިޔަ އެޕްރީލް މަހު ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުން ކޮށްފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް