ދީޕިކާގެ ކޮއްކޮ އަނީޝާ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ދީޕިކާ ޕަޑުކޯންގެ ކޮއްކޮ އަނީޝާ ޕަޑުކޯން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އުމުރުން 27 އަހަރުގެ އަނީޝާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް...

01 May 2023 | 11:05

ބޮލީވުޑް ބަތޮލާ ދީޕިކާ ޕަޑުކޯންގެ ކޮއްކޮ އަނީޝާ ޕަޑުކޯން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

އުމުރުން 27 އަހަރުގެ އަނީޝާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ. އަނީޝާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އަނީޝާ އަންނަނީ އޭނާގެ ޗުއްޓީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް އަޕްލޯޑް ކުރަމުންނެވެ.

އަނީޝާ އަކީ ދީޕިކާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަމަވެސް އަނީޝާ ފިލްމީ ދާއިރާގައި މަސައްކަތެއް ނުކުރެއެވެ. އޭނާއަކީ ޕްރޮފެޝަނަލް ހޮކީ ކުޅުންތެރިއެކެވެ. އިންޑިއާގެ ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް