އިންޑޮނޭޝިއާގެ އިމާމެއްގެ މޫނަށް ކުޅުޖެހި އޮސްޓްރޭލިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމު ތަކުގައި މިހާރު ދައުރުވަމުން އަންނަ ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުގައި މިމައްސަލައިގައި ތުހުމަތުކުރެވޭ އޮސްޓްރޭލިއާ މީހާއިންޑޮނޭޝިޔާގެ މިސްކިތެއްގެ އިމާމެއް ކަމަށްވާ ބަސްރީ އަންވަރު ކައިރިއަށް ގޮސް ވާހަކަ ދައްކާ މަންޒަރުފެނިގެންދެއެވެ.
އެގޮތުން ވާހަކަ ދައްކަން ހުރެފައި ކުށްލިއަކަށް އިމާމުގެ މޫނަށް ކުޅުޖަހާ މަންޒަރު ފެނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިންޑޮނޭޝިއާގެ ފުލުހުން ވަނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ އޮސްޓްރޭލިއާ މީހާ މިހާރު ހައްޔަރުކޮށްފައެވެ.
އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ގަޑި އިރެއްހާއިރު ފަހުން އެއަރޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށް އިންޑޮނޭޝިޔާގެ ފުލުހުންނާއި ހަވާލާދީ ބުނެފައި ވެއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖިނާއީ ގާނޫނުގެ 335 ވަނަ މާއްދާ އާއި 315 ވަނަ މާއްދާގެ ދަށުން ނުރުހޭ އަމަލުތަކާއި ފުރައްސާރަތައް ރެގިއުލޭޓް ކުރާ މާއްދާގެ ދަށުން 14 މަސް ދުވަހުގެ ޖަލު ހުކުމެއް އިމާމުގެ މޫނަށް ކުޅުޖެހި މީހާގެ މައްޗައް އަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް