ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގައި އިތުބާރު އޮންނަންޖެހޭ: ސީއެސްސީގެ ރައީސް

ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އިތުބާރު އޮންނަ ޚިދުމަތްތަކަކަށް ވާންޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެ އެވެ. ސީއެސް...

01 May 2023 | 08:57

ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އިތުބާރު އޮންނަ ޚިދުމަތްތަކަކަށް ވާންޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެ އެވެ.

ސީއެސްސީގެ ރައީސް ނާސިހް މިހެން ވިދާޅުވީ ސިވިލް ސާވިސް ދުވަހާއި މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

ނާސިހް ވިދާޅުވީ ސިވިލް ސާވިސް ހިދުމަތަށް އޮންނަންޖެހޭ އިތުބާރު އަބަދުވެސް ހިފަހައްޓަން ވާނެ ކަމަށާއި ވަކި ޤާނޫނެއްގެ ދަށުން ދިވެހި ސިވިލް ސާވިސް އުފެއްދި ފަހުން މިދިޔަ މުއްދަތުގެ ތެރޭގައި ހިދުމަތް ދޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް ސިވިލް ސާވިސް އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

މިގޮތުން ހޯދި ކުރިއެރުންތަކުގެ ގޮތުގައި ނާސިހް ފާހަގަކުރެއްވި އެއްކަމަކީ ސަރުކާރުގެ އިދާރާތަކަށް ޚިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ލިބެން ފެށުމެވެ.

އަދި މިބަދަލުތަކާ އެކު މުވައްޒަފުންނާ ގުޅޭ ހުނަރުތައްވެސް ބަދަލު ވަމުންދާ ކަމަށް ނާސިހް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބޭ ބަޔަކަށް ވާތީވެ، ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުން މަސައްކަތް ކުރަންވާނެ ކަމަށްވެސް ނާސިހް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް