ހއ. ން ކ. އަތޮޅަށް އަދި ލ. ން އައްޑޫ ސިޓީއަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ވައިޓް އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް ...

01 May 2023 | 07:38

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ވައިޓް އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް ކަމަށެވެ. ދެން މޫސުން ގޯސްވާނީ ލ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު 12:30 ން އިރުުއޮއްސި 6:30 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި މި ސަރަހައްދުތަކަށް އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް