މެމްބަރު ޒަރީރަށް ތޫނު އެއްޗަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ރޭ ފަތިހު 5:08 ހާއިރު އެވެ. ފުލުހުންގެ މ...

01 May 2023 | 06:32

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ރޭ ފަތިހު 5:08 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެމްބަރު ޒަރީރަށް ހަމަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް ކަމަށެވެ. މި ހާދިސާގައި ލިބުނު އަނިޔާތަކަށް އޭނާ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ.

ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ފުލުހުން މި މައްސަލައިގަ އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް