ދިޔަވަމުންދިޔަ ދޯންޏެއްގައި ތިބި ފަޅުވަރިންތަކެއް ސަލާމަތް ކޮށްފި

ދިޔަވަމުން ދިޔަ ދޯންޏެއްގައި ތިބި ފަޅުވެރިންތަކެއް ސަލާމަތް ކޮށްފި އެވެ. "މާކުރި7" ނަމަކަށް ކިޔާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށެވެ. ދޯނި ދިޔަވާން ފެށީ ތ. ވިލިފުށީގ...

01 May 2023 | 06:19

ދިޔަވަމުން ދިޔަ ދޯންޏެއްގައި ތިބި ފަޅުވެރިންތަކެއް ސަލާމަތް ކޮށްފި އެވެ.

"މާކުރި7" ނަމަކަށް ކިޔާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށެވެ. ދޯނި ދިޔަވާން ފެށީ ތ. ވިލިފުށީގެ ހުޅަނގު އުތުރުން ހަ މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެއީ ހުސް ފަޅުވެރިން ކަމަށެވެ. ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑު މިހާރު ދޯނި އޮތް ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަލާމަތް ކުރި ހަތަރު ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އިތުރަށް ވިދާޅުވީ ދިޔަވަމުން ދިޔަ މާކުރި7 ދޯނީގައި ކަފު ޖަހައިގެން ދިޔަމިގިއްޔަށް ގެންދަން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަނީ އެ ރަށު އެހެން ދޯންޏެއް އެ ސަރަހައްދަށް ގޮސް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް