ދިރާގު ރޯދަ ޕްރޮމޯޝަންގައި ބޮޑު ހަދިޔާ ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކޮށްފި

މިދިޔަ ރޯދަ މަހު ދިރާގުން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގައި ބޮޑު ހަދިޔާ ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކޮށްފި އެވެ. ދިރާގުން ވަނީ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވުނު ފަރާތަށް "މައިޑ...

01 May 2023 | 05:25

މިދިޔަ ރޯދަ މަހު ދިރާގުން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގައި ބޮޑު ހަދިޔާ ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކޮށްފި އެވެ.

ދިރާގުން ވަނީ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވުނު ފަރާތަށް "މައިޑިއާ"ގެ މެގަ ހޯމް ޕެކްތަކެއް ދީފައި އެވެ. އެ ޕެކްތަކުގައި ހިމެނޭ 19 އައިޓަމްތަކުގެ ތެރޭގައި މައިކްރޯވޭވް، ފްރިޖް، އަވަން، ދޮންނަ މެޝިން އަދި ޑިޝްވޮޝާ ފަދަ އެކި އަގުހުރި ތަކެތި ހިމެނެ އެވެ.

ދިރާގު ބޮޑު ހަދިޔާ ލިބިފައިވަނީ:

ހަފްތާ 1: ލީނާ ޖާބިރު، އައްޑޫ ސިޓީ

ހަފްތާ 2: ސިޔާމާ އަބްދުއްލަތީފް، ރ. މީދޫ

ހަފްތާ 3: ބަޝީރާ އަލީ، ނ. ވެލިދޫ

ހަފްތާ 4: ނާޖިހް އަބްދުލް ހާރިސް، ރ. އިނގުރައިދޫ

ދިރާގުން ބުނީ މި ހަތަރު ފަރާތަށް މިހާރު އިނާމު ހަވާލުކޮށްފައިވާ ކަމަށެވެ. ދިރާގުން ބުނިގޮތުގައި މި ލަކީޑްރޯ އެހާ ކާމިޔާބު ކަމާ އެކު ކުރިޔަށް ގެންދެވުނީ "މައިޑިއާ" އާ އެކު އޮތް ޕާޓްނާޝިޕުގެ ދަށުން ލިބުނު އެއްބާރުލުމާއި ކޮލިޓީ ރަނގަޅު އެޕްލަންސްތަކުގެ ސަބަބުންނެވެ.

ދިރާގުން ރޯދައަށް ކުރިއަށް ގެންދިޔަ މި ބޮޑު ހަދިޔާގެ އިތުރުން ބޯނަސް ބޮޑު އިނާމެއްގެ ގޮތުން އުމްރާ ދަތުރެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ދަތުރު ލިބޭ ނަސީބުވެރިޔާ ވެސް ވަނީ ވޭތުވެދިޔަ ހަފްތާ ބަންދުގައި ހޮވައިފަ އެވެ.

މިދިޔަ ރޯދަ މަހު އެ ކުންފުނިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންތަކުގައި ބައިވެރިވުމަށް ކަސްޓަމަރުން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. އޮޓަމެޓިކުން ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔައީ އެ ކުންފުނިން ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށް ދިރާގުން ބުންޏެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި ފަދަ ހަރަކާތްތަކާ އެކު އެ ފަރާތްތަކަށް ތަފާތު އަގުހުރި އިނާމުތައް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް