އަނިޔާވެރިންނަށް ގަބޫލު ނުކުރެވުނަސް، މޭޑޭ މުޒާހަރާ ތާރީހު ބަދަލުކޮށްލި: އިމްރާން

2015 ވަނަ އަހަރުގެ މެއި އެއް ވަނަ ދުވަހު އޭރުގެ އިދިކޮޅު އަދި މިހާރ ސަރުކާރު ހިންގަން ތިބި ޕާޓީތަކުން ބޭއްވި ވަރުގަދަ މުޒާހަރާ ރާއްޖޭގެ ތާރީހު ބަދަލު ކޮށްލި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދ...

01 May 2023 | 05:15

2015 ވަނަ އަހަރުގެ މެއި އެއް ވަނަ ދުވަހު އޭރުގެ އިދިކޮޅު އަދި މިހާރ ސަރުކާރު ހިންގަން ތިބި ޕާޓީތަކުން ބޭއްވި ވަރުގަދަ މުޒާހަރާ ރާއްޖޭގެ ތާރީހު ބަދަލު ކޮށްލި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ މޭޑޭގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ އަނިޔާވެރިންނާއި އެފަދަ މީހުންނަށް ތާއީދު ކުރާ މީހުންނަށް ގަބލު ނުކުރެވުނަސް މޭޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށެވެ. އޭނާ ވަނީ އެދުވަހު ދިވެހިން ކުރި ހިތްވަރުން ލިބުނު އެންމެ ބޮޑު ކާމިޔާބާއި ގުޅޭގޮތުން ޓުވީޓެއް ކުރައްވާފައި އެވެ.

އިމްރާން ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަހުމަތުން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރު ކަމުން ދިވެހިން ސަލާމަތް ކުރެވުނީ ދިވެހިން ދެއްކި ހިތްވަރާއި އެއްބައިވަންތަ ކަމުން ކަމަށެވެ.

އެ މުޒާހަރާ އާއި ގުޅިގެން މިނިސްޓަރު އިމްރާނަށް ޓެރަރިޒަމްގެ ދައުވާ އުފުލައި11 އަހަރަށް ޖަލަށް ލިއެވެ. އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ނުވި ހިސާބުން ހުށަހެޅުނު އިސްތިއުނާފުތަކުގައި އެ މުޒާހަރާ އާއި ގުޅިގެން ޖަލަށްލީ ސިޔާސީ ގިނަ ކުށްވެރިން ވަނީ މިނިވަން ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް