ފާއިތުވި ތިން އަހަރުގެ ތެރޭގައި އުފުލެމުންދިތަ ތެލުގެ އަގު އެސްޓީއޯއިން ދެވަނަ ފަހަރަށް ދަށްކޮށްފި

2020 ވަނަ އަހަރުން ފެށިގެން އުފުލެމުން އަންނަ ތެލުގެ އަގު އެސްޓީއޯއިން ދެވަނަ ފަހަރަށް ދަށް ކޮށްފިއެވެ. އެގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގުން ލީޓަރަކުން 83 ލާރި ...

01 May 2023 | 02:39

2020 ވަނަ އަހަރުން ފެށިގެން އުފުލެމުން އަންނަ ތެލުގެ އަގު އެސްޓީއޯއިން ދެވަނަ ފަހަރަށް ދަށް ކޮށްފިއެވެ.

އެގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގުން ލީޓަރަކުން 83 ލާރި އަދި ޑީސަލްގެ އަގު ލީޓަރަކުން 62 ލާރި ދަށްކޮށްފައެވެ.

މި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 15 ރުފިޔާ 14 ލާރިއަށް އަދި ޑީސަލް ލީޓަރެއް 15 ރުފިޔާ 70 ލާރިއަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

21 މާރިޗް 2020 އިން ފެށިގެން އުފުލެމުންއަންނަ ތެލުގެ އަގު އެސްޓީއޯއިން ޖެހިޖެހިގެން ދަށްކުރި މިއީ ދެވަނަ ފަހަރެވެ.

21 މާރިޗްގައި ޕެޓްރޯލް ލީޓަރެއް ވިއްކަމުންދިޔައީ 8 ރުފިޔާ 7 ލާރީގެ މަގުންނެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ އަށް ރުފިޔާ 71 ލާރީގެ މަގުންނެވެ.

އޭގެ ފަހުން ނުވަ ފަހަރެއްގެމަތިން އަގު ބޮޑުވެ ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާ 55 ލާރިއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 16 ރުފިޔާ 77 ލާރިއަށް އެރިއެވެ. 2020 މާރިޗުން 24 ޖޫން 2022 އަށް ޕެޓްރޯލާއި ޑީސަލްގެ އަގު  އިތުރު 100 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް