އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކްގައި ޕޭޖުތަކެއްހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާކުރަމުންދާތީ ސަމާލުވާން އަންގައިފި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން ހެޔޮ އަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއްވެސްދަނީ ޝެއާކުރަމުން ކަމަށް ބުނެފައިވެ އެވެ. އެފަދަ މީހުން ދަނީ ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުން ކަމަށް ފުލުހުން ބުނެ އެވެ.
އެސްޓީއީ ސުޕަ މާޓުގެ ނަމުގައި ވެސް އޮޅުވާލައިގެން ޕްރޮމޯޝަނެއް ދަނީ ހިންގަމުންނެވެ. ކަސްޓަމަރުންނަށް އެކި އިނާމު ލިބޭ ކަމަށް ބުނެ ހިންގާ އެ ޕްރޮމޯޝަނަކީ އެ ކުންފުނިން ކުރާ ކަމެއް ނޫން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ އެއްވެސްކަމެއްގައި ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް