އިދިކޮޅު ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި އަނެއްކާވެސް އިންޑިއާ އައުޓް ޖަހާފައިވާ ބެނާއެއް ދަމައިފި އެވެ.
މިފަހަރު ބެނޭގައި އިންޑިއާގެ ގައުމީ ކުލަތައް ކަމަށްވާ ހުދު، އޮރެންޖު އަދި ފެހި ކުލައިގެން ރޮނގު ދަމައި މެދުގައި އިންނަ ލޯގޯވެސް ޕްރިންޓުކޮށްފައިވެ އެވެ. އަދި އިންޑިއާ ނުޖަހައި އެ ބެނާގައި ޖަހާފައިވަނީ "އައުޓް" އެކަންޏެވެ.
މި ބެނާ ދަމައި އިދިކޮޅު ޕީޕީއެމްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އިދިކޮޅުން ބުނީ އެއީ ހިޔާލުފާޅު ކުރުމުގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މިއީ އިންޑިއާ އައުޓް ބެނާ ޕީޕީއެމް އޮފީހުގައި ދެމި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެ އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ކަމަށްވާ ހ. ދޫވެހީގައި ދެމި ބެނާ ވަނީ ފުލުހުން ނަގާފަ އެވެ. އެ ފަހަރު ބެނާތައް ނެގީ24 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހު ނުނެގުމުންނެވެ.
ފުލުހުން ވަނީ ގައުމުތަކާއި އެކު ރާއްޖެއިން ބާއްވަމުން އަންނަ ގުޅުމަށް ބުރޫއަރާފަތަ ކަންތައްތަކަށް ހިތްވަރު ލިބޭ އަމަލުތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް